Maldives

                                                                       ދިވެހިރާއްޖެ

 

ދިވެހިރާއްޖޭ ގެ އުފެދުން

ޖިއޮލޮގިކަލް ގޮތުން ދިވެހިރާއްޖޭ ގެ އަތޮޅުތަކާއި ރަށްތަކާއި ފަރުތައް އުފެދިފައިވާ ގޮތާއި އެ ތަންތަނުގެ ހަގުދޮށިކަން އެންމެ ފުރިހަމަ ގޮތުގައި ހޯދި ބެލިފައިވާ ކަމެއް އެނގިފައެއް ނެތެވެ. މިކަމަށް ދިރާސާއެއް ފުރަތަމަ ކުރެއްވި ކަމަށް ވަނީ ރޮބަރޓްސް މޮރެސްބީއެވެ. އެއީ 1834 މ. އިން 1836 މ. އަށެވެ. އެއީ ރާއްޖޭގެ ކަނޑުތައް ސަރވޭކޮށް ޗާޓުކުރެހުމަށް އޭނާ އުޅުނު ދުވަސްވަރުއެވެ. އޭގެ ފަހުން ޖޭ.އިސްޓެންލީ ގަރޑިނަރ އެވެ. އެއީ 1899 މ. ވަނަ އަހަރުގައެވެ. އޭގެ ފަހުން 1902 މ. ވަނަ އަހަރު އުސްތާޒު އޭ. އެގަޒީސް އެވެ. މީގެ ފަހުންވެސް ބައެއް ހޯދުންތެރިން ކޮންމެ ވެސް ވަރެއްގެ ހޯދުންތަކެއް ހޯދާފައިވެއެވެ. މި ހޯދުންތަކުގެ ތެރޭގައި މިސުރުގެ އަލްމަބާޙިޘްގެ ޓީމު ގެ މަސައްކަތާއި ޔުނެސްކޯ ގެ ބެލުމުގެ ދަށުން ބައިނަލްއަގުވާމީ ގޮތުން ހިންދު ކަނޑު ސާވޭ ކުރަން ފެށިފައިވާ މަސައްކަތް ހިމެނެއެވެ. އެ ސާވޭ ފުރިހަމަ ވާއިރު ދިވެހިރާއްޖެ އާ ބެހޭ ވަރަށް ގިނަ ހޯދުންތައް ހޯދި ފުރިހަމަ ވެފައި ވާނެ ކަމަށް ފެނެއެވެ.

ރާއްޖޭގެ އަތޮޅު ތަކާއި ރަށްތައް އުފެދިފައިވާ ގޮތާ މެދު މަހާއިލްމުވެރިއެއް ކަމަށްވާ ޑަރވިން ނަޒަރިއްޔާ ތަކެއް ފައުލޫކޮށްފައިވެއެވެ. އެކަމާ މެދު ޖިއޮލޮގިސްޓުންނާއި އިލްމުދާނުންގެ މެދުގައި ތަފާތު ހިޔާލުތައް އުފެދިފައިވެއެވެ. އެބައެއްގެ ނަޒަރުގައި އަތޮޅުތަކާއި ރަށްތައް އުފެދިފައި އޮތީ ވަރަށް ކުރީ ޒަމާނެއްގައި ހިންދު ކަނޑު އޮތް ބޮޑު އަތޮޅަކަށް މެދުވެރިވި ޖިއޮލޮޖިކަލް ހާދިސާ އަކަށް ފަހު ދެން އައި ޒަމާނެއްގައި އެ އަތޮޅު ގިރެމުން ގޮސް އަތޮޅުގެ ބައެއް ތަންތަން ކަނޑުގެ ސަތުހުން އަޑިއަށް ގެނބިފައިވަނިކޮށް އެ އަތޮޅުގެ ބެޑްރޮކުގައި އަލުން މުރަކަ ހެދި ދިރެމުން ބޮޑުވަމުން އައިސް އެކިއެކި ސިފައިގެ ގިރި ފަޅުތައް މައްޗަށް އުފުލި އެ ތަންތާގައި ރަށްތައް އުފެދި އަތޮޅުތަކަށް ވީއެވެ.

އަނެއް ބައެއްގެ ނަޒަރުގައި ކަނޑުގެ އަޑީގެ ބެޑްރޮކް ގިނިފަރުބަދީ ހަރަކާތްތަކަކުން އުފުލި ކަނޑުގެ ސަތުހުން މައްޗަށް އެރި ތަންތާގައާއި ދެ ފެންދޭތެރެއަށް އުފުލުނު ތަންތަނުގައި މުރަކަ ފަދަ ތަކެތި އުފެދި ދިރެމުން އައިސް ފަރު (ރިންގް) އުފެދި އެ ފަރުތަކުގެ ދުނީގައާއި ރިންގު ތަކުގެ އެތެރޭ ބައިގާ (އަތޮޅުތެރެ) ރަށްރަށް އުފެދި އަތޮޅުތައް އުފެދޭ ގޮތް ވީއެވެ.

ތިންވަނަ ބައެއްގެ ނަޒަރުގައި ދުނިޔޭގެ އައިސްއޭޖުގައި ކަނޑުގެ ލޮނުގަނޑު މާބޮޑަށް ފިނިގަނޑުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑުގެ ލެވެލް ތިރިވެގެން ދިޔަދިއުމުގައި ކުރީގައި އުފެދިފައި ހުރި ފަރުތަކުގެ މުރަކަތައް މަރުވެ ރާޅާއި ވައިގެ ހަރަކާތުން ގިރިގެން ގޮސް ސިފަ ގެއްލިފައި ވަނިކޮށް ކަނޑުގެ ލޮނުގަނޑު އަލުން ހޫނު ވަމުން އައިސް އެތަންތާގައި އަލުން މުރަކައިގެ ވައްތަރުތައް ހެދި ދިރެމުން ގޮސް އަތޮޅުތަކާއި ރަށްތައް އުފެދުނީ އެވެ.

Advertisements

problems regarding Hulhumale wastemanagement system

 

ރާއްޖެތެރޭގެ ގިނަ ރަށްތައްފަދައިން، ތިމާވެއްޓާ ރަށްޓެހި ގޮތެއްގައި ކުނިނަށްތާލުމުގެ ދަތިކަން ހުޅުމާލެޔައްވެސް މިވަނީ ކުރިމަތިވެފަ. ޒަމާނީ ވަސީލަތްތަކާއި އެކު ބިނާ ކުރާ  ހުޅުމާލެޔަށް ދިމާވެފައިވާ މި މައްސަލަ ހައްލުކުރުމަށްޓަކައި   ހުޅުމާލޭ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން ނުވަތަ އެޗްޑީސީގެ ފަރާތުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން، މިރަށުގައި އުޅޭ ރައްޔިތުންނަށް ފަސޭހަވާނެގޮތަށް ތަފާތު ގިނަ ޒަމާނީ ވަސީލަތްތަކަކާއި ހިދުމަތްތަކެއް އެޗްޑީސީއިން އަންނަނީ ފޯރުކޮށްދެމުން. އެގޮތުން ހުޅުމާލޭގައި މީހުން ދިރިއުޅޭ ހިސާބުތަކާ ވީހާވެސް ކައިރި ސަރަހައްދު ތަކުގައި ކުނި އުކާލުމަށް ކޮންޓެއިނާރތަށް ބެހެއްޓުމުގެ އިތުރުން، އެ ކޮންޓެއިނަރތަށް ދުވަހުން ދުވަހައް ހުސްކުރުމުގެ މަސައްކަތްވެސް އެޗްޑީސީ އިން ދަނީ ކުރަމުން. އެހެން ނަމަވެސް އެކަށީގެންވާ މިންވަރަކަށް މަގުތަކުގައި ޑަސްބިންތައް ބެހެއްޓިފައި ނުވުމުން ދިމާވާ ދަތިތައް ބައެއް އާއްމުން ފާހަގަ ކުރޭ.

 މިކަން މިހެން އޮތުމުގެ ސަބަބުން ގިނަމީހުން ފަރުވާކުޑަކޮށްލައި މަގުތަކުގެ އެއްކައިރީގައާއި ރަށުތެރޭގެ އެކި ސަރަހައްދު ތަކުގައި ކުނިބަހައްޓަމުންދޭ.

ކޮންމެ މީހަކުވެސް އެންމެފަސޭހަގޮތް ހިޔާރުކޮށް މަގުމައްޗަށާއި އެހެނިހެންތަންތަނަށްވެސް ކުނިއަޅަނީ މިކަމުގެ ސަބަބުން ދެން އެހިސާބުގައި ދިރިއުޅޭ މީހުންނަށާއި މަގުންހިނގާ މީހުންނަށް ދިމާވެދާނޭ އުނދަގޫތަކަށް ވިސްނުމެއް ނެތި.

މިގޮތަށް ކުނިއެޅުމުން އެކުނިތަކުން ނުބައިވަސްދުވާ ހިނގާމީހުންނަށް އެތަކެއް އުނދަގޫތަކެއްވޭ.

މަގުތަކަށާއި އެހެނިހެން ތަންތަނަށް މީހުން ކުނިއަޅަމުން ގެންދިއުމުގެ ސަބަބުން އެޗްޑީސީއިން، އެގޮތައް ކުނިއަޅާ ހިސާބުތަކުގައި ކުނިބެހެއްޓުން މަނާ ބޯޑް ބަހައްޓާފައި ހުރި ނަމަވެސް މިކަމަށް ސަމާލުވާ މީހުން މަދުކަމަށް އެޗްޑީސީ އިން ހާމަކުރޭ.

 މިހެންކަމުން މިއަދާހަމައަށްވެސް މިކަން އޮތީ ހައްލުނުވެ.

ހުޅުމާލެއަކީ ސާފުކޮށް ބަލަހައްޓާ ރަށަކަށް ވާއިރު އާންމުންގެ މިފަދަ އަމަލުތަކުގެ ސަބަބުން ހުޅުމާލޭގެ ރީތިކަން ދަނީ ގެއްލެމުން.