MNU students field trip to A. Dh Fenfushi

71321149
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ޑިޕްލޮމާ އިން ޖަރނަލިޒަމް ދަރިވަރުން ފެންފުއްޓަށް ކުރި ތަމްރީނީ ދަތުރު.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ޑިޕްލޮމާ އިން ޖަރނަލިޒަމް ދަރިވަރުން 17 މަރޗް 2016  ވީ ބުރާސްފަތި ދުވަހުގެ ރޭ ފެންފުއްޓައް ކުރި ދަތުރުގައި މައިގަނޑުގޮތެއްގައި ބަލާލީ އެރަށުގެ ކުނި މެނޭޖް ކުރުމުގެ ނިޒާމް ރާވާ ހިންގާ ގޮތުގެ މަށްޗަށެވެ. މީގެ އިތުރުން ރަށުގެ އާއްމު ހާލަތާ ބެހޭ ސަރވޭއެއް ގޭގެއައް ޒިޔާރަތްކޮށް ހޯދުނު މަޢްލޫމާތުގެ އަލީގައި ތައްޔާރުކުރެވުނެވެ. މި ދަތުރުގައި  އެރަށު ޒަމާންވީ ހިރިގަލު މިސްކިތުގެ ގިނަ މަޢުލޫމާތުތަކެއް ހޯދާ އެއްކުރެވިފައިވެ އެވެ. އިތުރަށް ބަލާލެވުނު ކަންތައްތަކުގެ ތެރޭގައި ފެންފުށީގެ ފަރުގެ ދިރުންތައް  ބަލާލަން ދިޔުމާ   ކުނި ނައްތާލުމައް އެރަށު ކައުންސިލުން މަސައްކަތް ކުރާ މަރުކަޒައް ޒިޔާރާތްކޮށް އެކަން ކުރެވެމުންދާގޮތް ދަތުރުގެ ބައިވެރިން ތަޖްރިބާކޮްށްފައިވެއެވެ.    ދެދުވަހުގެ މުއްދަތަކަށް ކުރި މި ދަތުރުގައި އދ. ފެންފުއްޓާ ބެހޭ ގިނަ މަޢުލޫމާތު ތަކެއް  ހޯދިފައި ވާކަން ފާހަގަކޮށްލެވެ އެވެ.

އދ. ފެންފުއްޓަކީ އެރަށު ކައުންސިލާއި ރައްޔިތުންގެ އެއްބާރުލުމާއި އެކު ތިމާވެއްޓާއި ރަށްޓެހި ގޮތެއްގައި ކުނި މެނޭޖް ކުރެވެމުންދާ މަދު  ރަށްތަކުގެ ތެރެއިން ރަށެއްކަން ފާހަގަކޮށްލެވެއެވެ.  އެގޮތުން 2014 ވަނަ އަހަރު ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކުނި ނައްތާލުމުގެ ނިޒާމް ފެށިގެން ދިޔަ ނަމަވެސް އޭރު އެކަން ކުރެވެމުން ދިޔައީ ވަރަށް ބޮޑެތި ގޮންޖެހުން ތަކަކާ އެކު ކަމަށް  ކައުންސިލުން ބުނެއެވެ.  ކައުންސިލްގެ ބޭފުޅުން މައުލޫމާތު ދިން ގޮތުގައި އޭރު އެރަށުގައި ކުނި ނައްތާލެވޭނެ އެއްވެސް ނިޒާމެއް ނެތްކަމަށާ އެރަށުގެ ރީތި ގޮނޑުދޮށްތައް ތޮއްޖެހިފައިވަނީ އެކިޒާތުގެ ކުނިބުނިން ކަމަށާއި، މުޅި ރަށުތެރެވަނީ ބުޅަލުގެ ހާއްޔަކަށް ވެފައިކަމަށް އެބޭފުޅުން ވިދާޅުވިއެވެ. ނަތީޖާޔަކަށް ވެގެން ދިޔައީ ރަށުތެރޭގެ ސިއްޙީ ހާލަތު ދަށަށް ގޮސް ބަލިމަޑުކަން އިތުރުވެގެން ދިޔުމެވެ. މިކަމުން އަރައިގަތުމަށްޓަކާ  ކުރެވުނު  މަޝްވަރާތަކާ މިންނެތް މަސައްކަތުގެ ނަތީޖާ ޔަކަށް ވެގެން ދިޔައީ މި ނިޒާމް ގާއިމްކުރެވިގެން ދިއުމެވެ.  ކައުންސިލް އިދާރާގެ ބޭފުޅު ވިދާޅުވި ގޮތުގައި މިއަދާ ހަމަޔައް އާދެވުނު އިރު އާއްމުކޮށް އުކާލެވޭ ތަކެތީގެތެރެއިން ހަމަ އެކަނި ނައްތާލުމުގައި ދަތި ވެފައިވާ އެއްޗަކީ ނެޕީ ކަމުގައެވެ.image-87bea52f33fd53fa278fbb45ad85049f1a98e29017e45d21b5054464315ad829-V

އޭގެ އިތުރުން އެރަށު  އާސާރީ ބިނާއެއް ކަމުގައިވާ ހިރިގަލު ހުކުރު މިސްކިތައް ދަތުރުގެބައިވެރިން ޒިޔާރަތްކޮށްއެތަނުގެ މައުލޫމާތު ސާފުކޮށްފައިވެއެވެ. މި މިސްކިތަކީ މީގެ 380 ވަރަކަށް އަހަރުކުރީގެ ބިނާއެއްކަމަށް ވެއެވެ. އަދި މި މިސްކިތުގައި ހިމާޔަތް ކުރެވިފައިވާ ވެވެއްގެ އިތުރުން ރާއްޖޭގައި ހުރި އެންމެ ބޮޑު ފެންވަޅު ކަމަށް ބުނެވޭ ވަޅުވެސް މި މިސްކިތުގައި ހުރުން ވެގެން ދިޔައީ މި މިސްކިއް އިތުރައް ހާއްސަވެގެން ދިޔަ ކަމެއްކަމުގައެވެ. މުޅިންވެސް ހިރިގަލުން ބިނާކުރެވިފައިވާ މިމިސްކިތަކީއެރަށުގައި މިހާުރު ފެންނަން ހުރި ހަމައެކަނި ހިރިގަލުގެ ބިނާވެސް މެއެވެ. ބުނެވޭގޮތުގައި ހިރިގަލުގެ މަސައްކަތްތެރިކަން ރާއްޖޭގައި އެންމެ ފުރަތަމަ ފެށިގެން ގޮސްފައިވަނީވެސް އދ. ފެންފުށީގައެވެ.

އދ. ފެންފުއްޓައް ކުރި މިދަތުރުގައި އެރަށު ފަރުގެ ދިރުން ބެލުމަށް ދިޔަދިޔުމުން ފާހަގަކުރެވުނީ ގިނައަދަދެއްގެ މުރަކަތަކެއް ހަލާކުވެގެން ގޮސްފައިވާ ކަމެވެ. އެހެން ނަމަވެސް އަލައް ހެދެމުން ބޮޑވަމުންދާ މުރަކަތައްވެސް ފެނުނުކަން ފާހަގަކޮށްލެވުނެވެ. މީގެ އިތުރުން ތަފާތު ވައްތަރުގެ އަދި އެކި ކުލަކުލައިގެ މަސް އެސަރަހައްދުން ފެނިގެން ދިޔައެވެ. މި ތަޖުރިބާ އަކީ ހުރިހާ ބައިވެރިންނަށްވެސް މުޅިން އާ ތަޖުރިބާ އެކެވެ. އެރަށުގައި އެއްރެޔާއި ދެދުވާ ހޭދަވެގެން ދިޔައިރު، ދަތުރުގެ ބައިވެރިން އެކުގައި ހޭދަކުރެވުނު ކޮންމެ ވަގުތަކީވެސް ވަރަށްވެސް މަޖާ ވަގުތު ތަކެކެވެ.

 

Advertisements